އެމްޓީސީސީ ރޯދަ ޕްރޮމޯ ފަށައިފި އެވެ.
ރޯދަ މަހާއި ދިމާކޮށް ފެށި މި ޕްރޮމޯޝަން ކުރިޔަށް ދަނީ "ކަށަވަރު ޝޯރޫމު"ގައި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ދަނީ މިމަހުގެ12 ން އޭޕްރިލް30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި ވަކި ޕްރޮޑަކްޓުތަކަކުން10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. ޑިސްކައުންޓު ލިބެނީ ދަވާދު ފިޔަވާ އެހެން ހުރިހާ ޕްރޮޑަކްޓުތަކުންނެވެ.
ޑިސްކައުންޓު ލިބޭ ޕްރޮޑަކްޓުތަކުގެ ތެރޭގައި ޔަންމާ އިންޖީނު، ސުޒުކީ އިންޖީނު، ސްޓޮކް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް އަދި ކާސްޓްރޯލް ލުބްރިކަންޓް ހިމެނެ އެވެ. އޭގެ އިތުރުން ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް އާއި މެރޯލް ސްޓިއަރިން ސިސްޓަމާއި ޓިއުބް، ޝެފްޓް، ޕްރޮޕެލާ ވެސް ހިމެނެ އެވެ.
މި ޕްރޮމޯގެ މައުލޫމާތުތައް ހިއްސާކުރުމަށް އެމްޓީސީސީގެ ޓީމުތައް މާލެ ބަނދަރުމަތި ސަރަހައްދާއި ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދާއި ތިލަފުށި އިންޑަސްޓްރިއަލް ސައިޓުތަކާއި ބޯޓު ޔާޑުތަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް