ކުރިއަށް މިއޮތް ރަމަޟާން މަހުގައި ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިތައް އާންމުކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރު ފަހު 1:00 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.
މި ވަގުތަކީ ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވާފައި އެވެ.
ރައީސް ވިދާޅުވީ އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 23 ވަނަ ދުވަހެވެ.
ރޯދައަށް ހަނދު ބަލަން ނިންމާފައިވަނީ މިމަހުގެ21 ވަނަ ދުވަހުގެ ރޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް