ނާޒިމްގެ ވައުދު، ކޮންމެ އާއިލާއަކަށް 1200 އަކަފޫޓުގެ ބިމެއް ނުވަތަ ފްލެޓެއް!

އެމްއެންޕީގެ ވެރިކަމެއްގައި ކޮންމެ އާއިލާއަކަށް 1،200 އަކަފޫޓުގެ ބިމެއް ނުވަތަ ފްލެޓެއް ދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. "ނުއ...

14 Mar 2023 | 05:15

އެމްއެންޕީގެ ވެރިކަމެއްގައި ކޮންމެ އާއިލާއަކަށް 1،200 އަކަފޫޓުގެ ބިމެއް ނުވަތަ ފްލެޓެއް ދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"ނުއިވޭ އަޑުތައް" ނަމުގައި މިރޭ އެ ޕާޓީގެ ޒުވާނުންނާއެކު ފެށި ސިލްސިލާ ޕްރޮގްރާމުގައި ނާޒިމް ވިދާޅުވީ އުފާވެރި އާއިލާއެއް ބިނާކުރުމަށް އެންްމެ އަސާސީ އެއް ހިދުމަތަކީ ބޯހިޔާވަހިކަން ކަމަށެވެ. ބޯހިޔާވަހި ކަމަކީ ފޯރުކޮށްދޭނެ ކަމެއް ކަމަށާއި އެކަން ކުރެވޭތަން ފެންނަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕާޓީގެ ވެރިކަމެއްގައި ބޯހިޔާވަހި ކަމާއި ގުޅުވައިގެން "ރެންޓް ސަޕޯޓް" ތައާރަފު ކުރައްވާނެ ކަމަށެވެ. އެއީ އާއިލާއަކަށް ލިބޭ ތަންކޮޅަށް ފައިސާ ދެއްކޭނެ ގޮތެއް ނެތްނަމަ އެކަމަށް ލުއި ގޮތެއް ހޯދައިދިނުމަށް ސަރުކާރުން ފައިސާ ދެއްކުމަށް ތަރާފު ކުރާ ސްކީމެއް ކަމަށެވެ.

އެމްއެންޕީގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ބަދަލު ކުރެވޭނެ އުސޫލެއްވެސް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އަލަތު ކައިވެންޏާއި އެކު ލިބޭ އެޕާޓްމެންޓު އާއިލާ ބޮޑުވާވަރަކަށް ކުޑަވާނެ ކަމަށާއި އެފަދަ ފަރާތްތަކަށް ބޮޑު އެޕާޓްމެންޓަކަށް ބަދަލުވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ނާޒިމް ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ބޮޑެތި ވައުދުތަކެއް ވަމުންނެވެ. ނާޒިމް ވިދާޅުވީ އެ ހުރިހާ ވައުދަކީ ފުއްދޭނެ ވައުދުތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް