އެއާޕޯޓު ޓްރެފިކް ލައިޓް ކައިރީ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓު ހިނގީ ބްރިޖް އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހެނދުނު7:47 ގައި ކަމަށެވެ. ...

14 Mar 2023 | 04:49

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓު ހިނގީ ބްރިޖް އެއާޕޯޓު ޓްރެފިކް ލައިޓު ކައިރީގައި އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހެނދުނު7:47 ގައި ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ބްްރިޖާއި އެއާޕޯޓަށް ދާ ސަރަހައްދަކީ ފުލުހުންގެ ޓްރެފިކް ބަލަހައްޓާ ފުލުހުން ހުރިހާ ގަޑިއެއްގައިވެސް ހަރަކާތްތެރިވާ ތަނެކެވެ. އަދި އެތަނުގައި ފުލުހުންގެ ވެހިކަލްތައް މަޑުކޮށްފައި ނޯންނައިރެއް ވަރަށް ނުދެ އެވެ.

މި އެކްސިޑެންޓު ހިނގީ އެތަނުގައި މަޑޫކޮށްފައި އޮތް ކާރެއްގައި ކަމެއް ނުވަތަ ދުއްވަމުން ދިޔަ ފުލުހުންގެ ކާރެއްގައި ކަމެއް އަދި ނޭނގެ އެވެ.

IMG_5855

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް