ޕާރުސަލެއްގައި ރާއްޖެ އެތެރެ ކުރި ތިން މިލިއަން ރުފިޔާގެ ޕާޓީ ޑްރަގްސް އަތުލައިގެންފި

ރާއްޖެއަށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތިތަކެއް އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ރާއްޖެ އެތެރެކުރަން އުޅުނު 115.1 ކިލޯގެ މަސްތުވާތަކެތި އެ އިދާރާއިން އަތުލައިގެން...

14 Mar 2022 | 15:44

ރާއްޖެއަށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތިތަކެއް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ރާއްޖެ އެތެރެކުރަން އުޅުނު 115.1 ކިލޯގެ މަސްތުވާތަކެތި އެ އިދާރާއިން އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގު ތިން މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ބުނެ އެވެ.

އެ ތަކެތި އަތުލައިގެންފައި ވަނީ ކުރިއާ މެދުވެރިކޮސް ރާއްޖެ ގެނައި ޕާރުސަލްތަކެއްގައި ޝައްކު ކުރެވޭ އެއްޗެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތި އިތުރަށް ތަހުލީލު ކުރުމުން، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްޑީއެމްއޭ އެކްސްޓަސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް