މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް އާދަމް މުހައްމަދު އައްޔަން ކޮށްފި އެވެ.
އޭނާ މިހާތަނަށް ހުންނެވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެވެ. އާދަމް އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރެކެވެ.
ޕޯސްޓުގެ އެމްޑީގެ މަގާމަށް އޭނާ އައްޔަން ކުރުމަށް ފަހު ކުރިން އެމަގާމުގައި ހުންނެވި އަހުމަދު ޝަފީގް ވަނީ އެ ކުންފުނީގެ ބޯޑު މެމްބަރަކަށް ބަދަލުކުރައްވައިފަ އެވެ.
މި ފަހުން ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް ދަނީ ބަދަލު ގެންނަމުންނެވެ.
އެގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ، އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ހަފުތާގައި ވަނީ ބަދަލުކޮށްފަ އެވެ.
އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު ވަނީ ހަމަޖައްސާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް