8 ރަށެއްގައި އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދައިދޭނެ ބަޔަކު ހޯދަނީ

8 ރަށެއްގައި އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދަން އިޢުލާންކޮށްފައިވާ ރަށްތަކަކީ...

14 Mar 2022 | 13:24

8 ރަށެއްގައި އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ހަދަން އިޢުލާންކޮށްފައިވާ ރަށްތަކަކީ އއ.އުކުޅަސް، ރ.އަލިފުށި، ރ.ދުވާފަރު، ޅ.ނައިފަރު، ލ.ގަން، ފުވައްމުލައް ސިޓީ، އަދި އައްޑޫ ސިޓީ ފޭދޫގެ އިތުރުން އައްޑޫ ސިޓީ މީދޫއެވެ.

މި ރަށްތަކުގެ ތެރެއިން އއ.އުކުޅަހާއި، ރ.އަލިފުށީގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ތަރައްޤީކުރާ އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ކޮންމެ މަޝްރޫޢަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 60،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. އަދި ޅ.ނައިފަރާއި، ރ.ދުވާފަރާއި، ލ.ގަމާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ފޭދޫގައި ތަރައްޤީކުރާ އިންޑޯރ ސްޕޯޓްސް ކޮމްޕެލްކްސް ތަރައްޤީކުރުމަށް ބިޑް ސެކިއުރިޓީގެގޮތުގައި ކޮންމެ މަޝްރޫޢަކަށް 65،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަމޅި މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު"ގައި ވާގޮތުގެ މަތިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަކަށްކަމަށެވެ. އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިންކަމަށާއި، ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީން ބުނެފައިވާގޮތުން އަތޮޅުތަކުގައި ޤާއިމުކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެއްކަމަށެވެ. އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅި ބަލަން ވަންނަ މީހުންނަށް ފަސޭހައި ތިބެވޭނެ އިންތިޒާމްތަކާއެކުގައިކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް