މިއަހަރުގެ ފުރަތަމަ ކުއާޓާޣައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓުތައް ހާމަ ކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ އެހެން ކުއާޓާތަކެކޭ އެއްގޮތަށް މިފަހަރުވެސް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވާފައިވާ ކަމަސެވެ.
އޭގެ ތެރޭގައި ހިމެނެނީ
ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކުރުން - ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް
ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން -– އަހުމަދު ރަޝީދު
ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން -– އައިޝަތު ސަމާ
ށ. ބިލެތްފަހީގައި ލައިބްރަރީ ތަރައްގީކުރުން - އިސްމާއިލް ޝަރީފް
ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން - މުހައްމަދު ވިޝާހް
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ މުޖުތަމައަށް ފައިދާކުރާ 65 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް