ދިރާގުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސް ރޯޑު މޯލްޑިވްސް ގައި އެވެ. ދިރާގުން ބުނީ ހިއްސާދާރުންގެ ތެރެއިން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށާއި ކްރޮސްރޯޑަށް ގޮސްގެން ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ.
ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަަލަށް ދިރާގު ހިއްސާދާރުންގެ ރެޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށެވެ. ކްރޮސްރޯޑުގައި ޖަލްސާ އޮންނަ މާލަމަށް ގޮސްގެން ޖަލްސާގައި ބައިވެރިވޭނީ ކޯވިޑް ވެކްސިން ކާޑު ހުށަހަޅައިގެންނެވެ.
ދިރާގުން ބުނީ، ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހިއްސާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ހާޒިރުވެގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 22 މާރިޗްގެ ހަވީރު 4:00ގެ ކުރިން އެންގޭނެ ކަމަށެވެ.
އ ޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި މިދިޔަ ބުދަ ދުވަހު ވަނީ ޝާއިއުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް