ތ. ދިޔަމިގިލީގައި އިއްޔެ އެ ރަށުގެ މުދިމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގާ ހައްޔަރުކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މުއްދަތު ޖަހައިފިއެވެ.
މި މުއްދަތު އޭނާގެ މައްޗަށް ޖަހާފައިވަނީ ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓުންނެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުަމށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައި ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ހަމަލާގައި އަނިޔާ ލިބުނު، އުމުރުން 55 އަހަރުގެ ދިވެހި ފިރިހެން މީހާ (މުދިމު) އަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނި ފަރުވާދެމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް