ރަޝިއާ ސިފައިން ބަޑިޖަހައި، ދުނިޔޭގެ މަޝްހޫރު ނޫސްވެރިއަކު މަރާލައިފި

ރަޝިއާ ސިފައިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތައް ކަވަރު ކުރުމަށް ގޮސް އުޅުނު އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ބްރެންޓް ރިނައުޑް މަރާލައިފި އެވެ. މަޝްހޫރު ނޫސްވެރިއެއްގެ އިތުރުން ބްރެންޓަކީ ފިލްމު އު...

14 Mar 2022 | 09:01

ރަޝިއާ ސިފައިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތައް ކަވަރު ކުރުމަށް ގޮސް އުޅުނު އެމެރިކާގެ ނޫސްވެރިއެއް ކަމަށްވާ ބްރެންޓް ރިނައުޑް މަރާލައިފި އެވެ.

މަޝްހޫރު ނޫސްވެރިއެއްގެ އިތުރުން ބްރެންޓަކީ ފިލްމު އުފައްދާ މީހެކެވެ. ރަޝިއާ ސިފައިންގެ ހަމަލާގައި އޭނާ މަރުވި އިރު އިތުރު ދެ ނޫސްވެރިއަކު ޒަހަމްވެފައިވެ އެވެ.

ބްރެންޓުގެ ގަޔަށް ބަޑީ ޖެހި ވަގުތު ކައިރީގައި އިން ނޫސްވެރިއަކު ބުނީ އެމީހުން މަސައްކަތް ކުރީ ބްރިިިިިިިިިިިިިިިިިިޖެއް ހުރަސްކޮށް ޔޫކްރެއިން ރެފިއުޖީން ތިބި ތަނަކަށް ދާން ކަމަށެވެ. އެމީހުން އެ މަސައްކަތުގައި އުޅެނިކޮށް އެހެން ދިޔަ ކާރެއް އެ ސަރަހައްދަށް ގެންގޮސް ދޭނެ ކަމަށް ބުނުމުން އެއަށް އެރީ ކަމަށް ސަލާމަތްވި ނޫސްވެރިޔާ ބުނެފައިވެ އެވެ.

އޭނާ ބުނީ އެ ކާރަށް ރަޝިއާ ސިފައިން ހަމަލާ ދޭން ފެށީ ބްރިޖު ހުރަސް ކުރި ފަހުން ކަމަށާއި ބަޑީގެ ވަޒަން ބްރެންޓުގެ ކަރަށް އަރާފަ އިންދަ އޭނާއަށް ފެނުނު ކަމަށެވެ.

ބްރެންޓް ވަނީ މީގެ ކުރިން އަފްގާނިސްތާނާއި އިރާގު އަދި ހެއިޓީގައި ހިނގި ހަނގުރާމަތައް އެ ގައުމުތަކަށް ގޮސްގެން ރިޕޯޓުކޮށްފަ އެވެ.

މިއީ ރަޝިއާއިން ޔޫކްރެއިންއަށް އަރައި ދެމުންދާ ހަމަލާތަކުގައި މަރުވި ފުރަތަމަ ބައިނަލްއަގުވާމީ ނޫސްވެރިޔާ އެވެ. މީގެ ކުރިން ޔޫކްރެއިން ޓީވީ ޗެނަލެއްގެ ކެމެރާ މަނަކަކުވެސް ވަނީ ރަޝިއާގެ ހަމަލާގައި މަރވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް