އާރަށް މައްސަލާގައި ދިފާއީ ހެކި ހުށަހަޅަން ފަސް ދުވަސް ދީފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން ފަސް ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ. ޔާމީންގެ މައްޗަށް އުފުލާފަ...

14 Mar 2022 | 07:56

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން ފަސް ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވަނީ އާރަށުގައި ރިސޯޓެއް ގާއިމުކުރުމަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީލޯޑްރިންގެ ދައުވާއެވެ. އެ މައްސަލާގައި ރިޝްވަތު ދިނުމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރެ އެވެ.

ޔާމީނާއި ޔޫސުފް ނައީމަށް ދިފާއުގައި ހެކި ހާމަކުރަން ފުރުސަތު ދެއްވުމުން އެ ބޭފުޅުން އެދިވަޑައިގަތީ އިތުރު ފުރުސަތަކަށެވެ. އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދެއްވީ ފަސް ދުވަހުގެ މުއްދަތެކެވެ. ދެން އޮންނާނީ ދިފާއުން ހެކި ހާމަކުރުމާއި އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމުމެވެ. އެ އަޑުއެހުން މިމަހުގެ 31 ވަނަ ދުވަހު އޮންނާނެ އެވެ.

އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް