އުތުރު ތިލަފަޅާއި ގުޅޭ ގޮތުން ޔާމީން ދެއްކެވި ވާހަކަ މަޖިލީހުގައި ނަޝީދު ދޮގުކުރައްވައިފި

ކުރީގެ ރައީސް އަބުދުﷲ ޔާމީން އދ.މަހިބަދޫގައި އުތުރު ތިލަފަޅާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ވަކިވަކިން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައި ދޮގު ކުރައ...

14 Mar 2022 | 07:26

ކުރީގެ ރައީސް އަބުދުﷲ ޔާމީން އދ.މަހިބަދޫގައި އުތުރު ތިލަފަޅާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ވަކިވަކިން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައި ދޮގު ކުރައްވައިފި އެވެ.

މިއަދުގެ މިޖިލީހުގައި ނަޝީދުވަނީ ޔާމީނު ދެއްކެވި ވާހަކަތަކެއްކަމަށް ބުނެ ގިނަ ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެގޮތުން އުތުރުތިލަފަޅުގެ އެއްބަސްވުން ދެމިއޮތްހާ ހިނދަކު އެތަނުގެ މިލްކުވެރިޔަކީ އިންޑިއާ ސަރުކާރު ކަމަށާއި އެތަނުގައި ކަނޑުގެ އަސްކަރީ މަރުކަޒަކާއި ވައިގެ އަސްކަރީ މަރުކަޒެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ޔާމީނު ވިދާޅުވިކަމަށް ނަޝީދުވަނީ ވިދާޅުވިއެވެ. އަދި އުތުރު ތިލަފަޅުގައި އިންޑިއާގެ މަނަވަރުތައް ބަނދަރު ކުރުމަށް ދިވެހި ސަރުކާރުގެ އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭ ކަމަށާއި އަދި އުތުރު ތިލަފަޅު ތަރައްގީ ކުރުމުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިން ބޭނުންވާ ކޮންމެ ހަތިޔާރެއް އެތެރެ ކުރުމުގެ ހުއްދަ ދީފައިވާކަމަށް ވެސް ޔާމީން ވިދާޅުވެފައިވާކަން ނަޝީދު ފާހަގަ ކުރެއްވެވިއެވެ.

ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމާއި އަދި އިންޑިއާ އާއިއެކު ވެފައި އޮތް ޑޯނިއާ ފްލައިޓާއި ގުޅޭ އެއްބަސްވުން ވެސް މަޖިލީހުގެ 241 ކޮމެޓީން ދިރާސާކޮށް ބެލި ކަމަށާއި އެއެއްބަސްވުންތަކުގައި ގޯހެއް ނެތް ކަމަށެވެ.

އުތުރު ތިލަފުޅު އެއްބަސްވުން 241 ކޮމެޓީ މެންބަރުންނަށް ސްކްރީނަކުން ދެއްކުނު ކަމަށާއި އެއްބަސްވުމުގެ ހާޑް ކޮޕީ މެންބަރުންނާއި ހިއްސާ ނުކުރީ އެއްބަސްވުމުގެ ބައެއް ސޯޝަލް މީޑިއާގައި ލީކް ވެއްޖެނަމަ ދެގައުމުގެ މަސްލަހަތައް ބުރޫއަރާފާނެތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ އުތުރު ތިލަފުޅު އެއްބަސްވުމާއި ގުޅޭ ގޮތުން އާއްމުންގެ ތެރޭގައި ހަގީގަތާއި ހިލާފަށް ޔާމީން ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިވާހަކަތައް މެންބަރުންނާއި ހިއްސާ ކުރެވީ ރާއްޖެ އާއި އިންޑިއާ އިން ވެފައިވާ އެއްބަސްވުމާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަ ދައްކައި ފެތުރުމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާތެރިކަން ހުރި އަދި ރާއްޖެއާއި ދޭދޭ ގައުމުތަކާއިއެކު އޮންނަ ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމަކަށް ވާތީވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް