ޓެކާސް ފުޓްސަލް މުބާރާތަކުގައި ރޭގައި މަތިވެރި-ބޮޑުފުޅަދޫ މެޗަށްފަހު ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި އެކަަކަށް އަނިޔާވެއްޖެއެވެ.
ދުވަަހަށް މައުލޫމާތުދެމުން ފުލުުުހުން ބުނީ އއ. މަތިވެރި އާއި ބޮޑުފުޅަދޫ ޓީމާއެކު މަތިވެރީގައި ރޭ ކުޅެވުނު ފުޓްބޯޅަ މެޗުގައި ދެޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިންގާފައިވާކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި ހަމަނުޖެހުމުގައި އެކަކަށް އަނިޔާވެގެން ރަށު ސިއްހީ މަރުކަޒަށް ރޭގައި ގެންގޮސްފައިވޭ، އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.
އަރި އަތޮޅުގެ ހަބަރުތައް ތާޒާކަމާއެކު ގެނެސްދޭ ނޫހެއް ކަމުގައިވާ އަރި އޮންލައިންގައި ރޭގައި ރިޕޯޓްކޮށްފައިވާގޮތުގައި ދެފަަހަރަކު ހަމަނުޖެހުން ހިނގިއެވެ. ފުރަތަަމަ ހަމަނުޖެހުން ހިނގީ ކުޅުން ނިނުމުފަހުން ދަނޑު ސަރަހައްދުންނެވެ. ދެވަނަ ހަމަނުޖެހުން ހިނގީ ބޮޑުފުޅަދޫ ޓީމު ފުރަންގޮސް ތިއްބަައެވެ.
ދެވަނަ ހަމަނުޖެހުމުގައި އެކަކު މޫދަށް ވެއްޓި އިތުރު މީހަަކަށް އަނިޔާވެ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް އަރިއޮންލައިންގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް