އާޒިމް ވަކިކުރަން ޖާބިރާ ބައިވެރިވާނެ މެންބަރަކު ނުވި !

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމު އެކުންފުނިން ބޭރުކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅި ބިލު އިތުރު ތަރުހީބެއް ނުލިބުމުން ބިލު މަޖިލ...

14 Mar 2022 | 06:36

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމު އެކުންފުނިން ބޭރުކުރުމުގެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅި ބިލު އިތުރު ތަރުހީބެއް ނުލިބުމުން ބިލު މަޖިލީހުން ބޭރުވެއްޖެއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ފަރާތްޕުޅުން ފެންނަމުން ދަނީ އޭނާގެ މަސްލަހަތު އޮންނަ އޭނާގެ ބޭބެގެ ސިޔާސީ ޕާޓީ ކަމުގައިވާ އެމް އެންޕީއަށް ނާޖާއިޒް ގޮތުގައި މަންފާ ހޯދައި ދެމުންދާ މަންޒަރު ކަމަށެވެ. އަދި މީގެ އިތުރުން އޭނާގެ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން އެކިއެކި މަޝްރޫޢުތައްވެސް އޭނާއާ ގުޅުންއޮންނަ ފަރާތްތަކަށް ދިނުންފަދަ ޖަރީމާތައް ހިންގާކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

މިމައްސަލަ މަޖިލީހަށް ބަލައި ނުގަންނަން 28 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ.

ޖާބިރުގެ މައްސަލާގައި ބުނެފައިވަނީ ސަރުކާރުގެ ސިޔާސަތު ތަކުން ބޭރުން އާދަމް އާޒިމް ހިންގަމުންދާ ވައްކަމާއި އަމިއްލަ މަންފާ ހޯދުން ކަމުގައި ބެލެވޭތީ، އޭނާ މިހާރުން މިހަރުން މަޤާމުން ދުރުކުރުމަށް، އަވަސް މައްސަލަ އެއް ގޮތުގައި ބަލައި ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް