ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ދަ ފުޑް އެންޑް ބެވެރަޖް ސޯ ގެ ޑިޖިޓަލް ޕާޓްނަރަަކށް ދިރާގު ހަމަޖައްސަައިފިއެވެ.
މި އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މި ޝޯއަކީ އެފްއެންބީ ޝޯގެ ފަސްވަނަ އެޑިޝަނެވެ.
ދިވެހި އަދި ބައިނަލްއަގްވާމީ ބައިވެރިން ހިމެނޭހެން ކުރިއަށްދާނެ މި ޝޯގައި ރިސޯޓްތަކުންނާއި ހޮޓާ، ގެސްޓްތައުސްތަކުންނާއި ލިވަބޯޑުތަކުން ނާއި ރެސްޓޯރެންޓުތަކުގެ އިތުރުން ފުޑް އެންޑް ބެވަރެޖް ދާއިރާގެ ހޯލްސޭލަރުން ބައިވެރިވާނެއެވެ. ކަލިނަރީ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. މިއީ ފުޅާދާއިރާއެއްގައި މި ދާއިރާ އެކުގައި އެއްތަނަކުން ފެނިގެންދާނެ ބޮޑު ޝޯއެކެވެ.
މި އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރުކަމަށް ދިރާގު ހަމަޖެހުމުން މި އެކްސްޕޯއަށް ޑިޖިޓަލް އަދި ކަނެކްޓިވިޓީ އެހީތެރިކަން ދިރާގުން ފޯރުކޮށްދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް