އެޕަލް އެއާޕޮޑްގެ ޕްރޯ ވާސަނަކީ އަގު ކުޑަކޮށް މަތިވި ނަމަވެސް އެކުލެވޭ ހާއްސަ ފީޗާސްތަކެއްގެ ސަބަބުން މަގްބޫލު އުފެއްދުމެކެވެ. ނޮއިސް ކެންސަލޭޝަނަކީ އޭގެ އެންމެ ހާއްސަ ފީޗާއެވެ.
މިހާރު އިވޭ އަޑަކީ އެއާޕޮޑް ޕްރޯ ދޭއް މި އަހަރު އެޕަލް އިވެންޓްގައި ލޯންޗުކުރާނެ ކަމުގެ ވާހަކައެވެ.
މި ވާހަކައާއެކު އެއާޕޮޑް ޕްރޯ ދޭއްގައި ހިމެނޭނެ ކަމަށް ބުނާ ބައެއް ފީޗާތަކާއި ފެންނާނެ ކަމަށް ބެލެވޭ ބައެއް ބަދަލުތަކުގެ ވާހަކަތައްވެސް އަންނަނީ ފެންމަތިވަމުންނެވެ.
އެގޮތުން ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި އެއަޕޮޑް ޕްރޯ ދޭއްގައި އޭގެ ތަނޑި ފަހަރެއްގައި ކުރުވެދާނެއެވެ. ނަމަވެސް މިއީ ރަސްމީ މަސްދަރަކުން އައިސްފައިވާ މައުލޫމާތެއް ނޫނެވެ. އެހެންނަމެވެސް އެޕަލްގެ އުފެއްދުންތަކުގެ ވާހަކަތައް އެންމެ އަވަހަށް ފެންމަތިކުރާ ބައެއް ފަރާތްތަކުން ބުނަނީ އެފަދަ ކަމެއް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
މިހާރުވެސް އާދައިގެ އެއާޕޮޑަށްވުރެ އެއާޕޮޑް ޕްރޯގެ ތަނޑި ކުރެވެ.
ދެވަނަ ކަމަކަށް ވާހަކަދެކެވެނީ އެއާޕޮޑްގައި އިން ބިލްޓް ފިޓްނަސް ޓްރެކާއެއް އެކުލެވުމުގެ ފުރުސަތު އޮތް ވާހަކައެވެ. އިތުރު ބިލްޓް އިން ސެންސަރ ތަކެއް އެކުލެވުމުގެ ފުރުސަތު އޮތް ވާހަކައެވެ.
އެއާޕޮޑް ޕްރޯގެ ދެވަނަ ވާސަނެއް އެޕަލްގެ ކުރިއަށް އޮތް އިވެންޓްގައި ލޯންޗުކުރާނެ ކަމަށް ބެލެވުނު ނަމަވެސް އޭގެ އަގަށް އަންނާނެ ބަދަލެއް އަދި އެއްވެސް ދިމާއަކުން ފެންނާކަށް ނެތެވެ. މިހާރު ވިއްކަމުންދާ އެއާޕޮޑް ޕްރޯގެ އަގަކީ ގާތްގަނޑަކަށް 250 ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް