ހިންމަފުށީ ބަނދަރުގައި މިހާރު ކުރަނީ އެއްގަމު ތޮށީގެ ކޮންކްރީޓުގެ މަސައްކަތް

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ. މި ...

14 Mar 2022 | 04:57

ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތާއި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތްތައް ވަރަށް ހަލުވި ކަމާއި އެކު ކުރިޔަށްދާ ކަަމަށް މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

އެމްޓިސީސީން ބުނީ ބަނދަރުގެ 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާނެ ކަމަށެވެ.

މިއީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް