ބުޅަލެއް ސަލާމަތްކުރަން ގަހަކަށް އެރި ކުއްޖަކާއި ބުޅާވެސް ސަލާމަތްކުރަން ޖެހުނީ ރެސްކިއު ޓީމަށް !

އެމެރިކާގެ އިންޑިއާނާގައި ގަހެއްގައި ތާށިވި ބުޅަލެއް ސަލާމަތްކުރަން އެ ގަހަށް އެރި ކުއްޖަކު ހަމަ އެ ގަހުގައި އެ ބުޅަލާއެކު ތާށިވެއްޖެއެވެ. އެސޯޝިއޭޓެޑް ޕްރެސް (އޭޕީ)ގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައ...

14 Mar 2022 | 04:24

އެމެރިކާގެ އިންޑިއާނާގައި ގަހެއްގައި ތާށިވި ބުޅަލެއް ސަލާމަތްކުރަން އެ ގަހަށް އެރި ކުއްޖަކު ހަމަ އެ ގަހުގައި އެ ބުޅަލާއެކު ތާށިވެއްޖެއެވެ.

އެސޯޝިއޭޓެޑް ޕްރެސް (އޭޕީ)ގައި އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި އިންޑިއާނާޕޮލިސްގެ އުތުރުގައި އޮންނަ ހޮލިޑޭ ޕާކުގައި ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެ ސަރަހައްދުގެ ފަޔަރ އެންޑް ރެސްކިއު ޓީމަށް ލިބިގެން ދިޔައިރު އެ ޕާކުގެ ބޮޑު ގަހެއްގައި، ގަހަށް އެރިގޮތަށް ނުފޭބިގެން ތާށިވެފައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު އިނެވެ.

އެ ކުއްޖާ ސަލާމަތްކުރި ފަހުން އެނގުނީ އެ ކުއްޖާ އެ ގަހަށް އެރީ ބުޅަލެއް ސަލާމަތްކުރަން ކަމެވެ. ރެސްކިއު ޓީމުން ވަނީ އެ ގަހުން އެ ބުޅާވެސް ސަލާމަތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް