ބޮލީވުޑް ބަތޮލާ އާލިއާބަޓް އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއެކު ޕްރައިވެޓް ޖެޓެއްގައި އިއްޔެ ހެނދުނު ދަތުރު ފެށީ ކޮން މަންޒިލަކަށް އިންޑިއާގެ މީޑިއާއަކަށް ނުހޯދުނެވެ.
އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މުމްބާއި އެއާޕޯޓުން އާލިއާއާއި އޭނާގެ މަންމަ ސޯނީ ރަޒްދާނާއި އޭނާގެ ދައްތަ ޝާހީން ބަޓް ޕަޕަރާޒީންނަށް ފެނިފައިވެއެވެ.
ނަމަވެސް ޕްރައިވެޓް ޖެޓެއްގައި އާލިއާގެ އާއިލާ ދަތުރުފެށީ ކޮން މަންޒިލަކަށްކަން އެ ފަރާތްތަަކަށް އެނގޭގޮތެއް ނުވިއެވެ.
އާލިއާ އާއިލާއާއެކު ކޮންމެވެސް މަންޒިލަކަށް ދަތުރުފަށާފައިވާއިރު މާދަމައަކީ އާލިއާގެ އުފަންދުވަހެވެ. މާދަމާ އާލިއާއަށް 29 އަހަރު ފުރޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް