އެންމެ ދިގު ކާރު ދަބަރަށްވެފައިވަނިކޮށް އަލުން މަރާމާތުކޮށް ދޮޅު އިންޗި ދިގުކޮށް، ރެކޯޑު މުގުރާލައިފި

ދިގުމިނުގައި 100 ފޫޓު ހުންނަ ދުނިޔޭގެ އެންމެ ދިގު ކާރު ގަރާޖެއްގެ ތެރޭގައި ބާވެ ދަބަރަށްވެ ހަލާކުވެފައިވަނިކޮށް އަލުން މަރާމާތުކޮށް ހަމަ އެ ކާރު ގާއިމުކުރި ރެކޯޑު އަލުން މުގުރާލައިފިއެވެ. މިފަހަރު މި ...

14 Mar 2022 | 03:50

ދިގުމިނުގައި 100 ފޫޓު ހުންނަ ދުނިޔޭގެ އެންމެ ދިގު ކާރު ގަރާޖެއްގެ ތެރޭގައި ބާވެ ދަބަރަށްވެ ހަލާކުވެފައިވަނިކޮށް އަލުން މަރާމާތުކޮށް ހަމަ އެ ކާރު ގާއިމުކުރި ރެކޯޑު އަލުން މުގުރާލައިފިއެވެ.

މިފަހަރު މި ރެކޯޑު މުގުރާލާފައިވަނީ އެ ކާރަށް އެންމެ ދޮޅު އިންޗި އިތުރުކޮށްލައިގެންނެވެ.

ހާއްސަގޮތެއްގައި މި ކާރު އަލުން މަރާމާތުކޮށް ދުއްވޭ ހާލަތަށް ގެނެސްފައިވާއިރު ފާހަގަކޮށްލެވެނީ ކާރަށް ދޮޅު އިންޗި އިތުރުކޮށްފައިވާ އިތުރުކުރުން އެކަންޏެއް ނޫނެވެ. ދިގުމިނުގައި 100 ފޫޓު ދޮޅު އިންޗި ހުންނަ މި ކާރުގައި ހެލިކޮޕްޓަރ ޖެއްސޭނެ ހެލިޕެޑަކާއި މަދުވެގެން 12 ވަރަކަށް މީހުންނަށް އެރެވޭވަރުގެ ސްވިމިން ޕޫލަކާއި ވޯޓާބެޑްސް ގާއިމްކޮށްފައިވެއެވެ.

މި ކާރު އަލުން މަރާމާތުކޮށް ރެކޯޑް އަލަށް ގާއިމުކުރި ފަރާތުން ބުނެފައިވަނީ މި ކާރުގައި އެތެރެއަށް އެއް ފަހަރާ 70 މީހުންނަށް ވަދެވޭނެ ކަމަށާއި ޕާޓީފަދަ ހަފްލާތައް ކާރުގެ ތެރޭގައި ބޭއްވިދާނެ ކަމަށެވެ.

https://www.youtube.com/watch?v=sNE_dqkmLF0

މި ކާރަށް ދުނިޔޭގެ އެންމެ ދިގު ކާރުގެ ރެކޯޑް ދިނީ 1986 ވަނަ އަހަރުގައެވެ. އެއަށްފަހު ބައެއް ފިލްމުތަކުގައި މި ކާރު ބޭނުންކުރުމަށްފަހު ގަރާޖެއްގައި އޮވެ ކާރު އެކުގައިހެން އޮތީ ބާވެ ހަލާކުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް