ސަޢުދީގައި ޓެކްސީ އަގު ބޮޑުކޮށްފި

ސަޢުދީ ޢަރަބިއްޔާގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީން ޓެކްސީގެ އަގު ބޮޑުކުރިކަން އިޢުލާންކޮށްފިއެވެ. އާ އަގުތައް ބުނާ ގޮތުން ބޭސް ފެއާއަށް ވުރެ އިތުރު ކޮންމެ ކިލޯމީޓަރެއްގެ ޗާޖު ސަޢުދީ ރިޔާލް، 1.8 ގެ ބ...

14 Mar 2022 | 03:13

ސަޢުދީ ޢަރަބިއްޔާގެ ޓްރާންސްޕޯޓް ޖެނެރަލް އޮތޯރިޓީން ޓެކްސީގެ އަގު ބޮޑުކުރިކަން އިޢުލާންކޮށްފިއެވެ.

އާ އަގުތައް ބުނާ ގޮތުން ބޭސް ފެއާއަށް ވުރެ އިތުރު ކޮންމެ ކިލޯމީޓަރެއްގެ ޗާޖު ސަޢުދީ ރިޔާލް، 1.8 ގެ ބަދަލުގައި ސައުދީ ރިޔާލް 2.1 އަށް ބޮޑުކޮށްފައިވާ އިރު، މިއީ 16.67 ޕަސެންޓުގެ އިތުރުވުމެކެވެ.

އަދި ވެއިޓިން ޗާޖު ވެސް މިނެޓަކަށް 12.5 ޕަސެންޓް ބޮޑުކޮށްފައިވާ އިރު، ވެހިކަލްގެ ސްޕީޑް ގަޑިއަކު 20 ކިލޯމީޓަރަށްވުރެ ކުޑަނަމަ ހަމަ އެ އަގު ވެސް ނެގޭނެކަމަށް ވަނީ ނިންމާފައެވެ.

ސަޢުދީގައި ޓެކްސީ ފެއާގެ އަގު ބޮޑުކޮށްފައިމިވަނީ ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެންނެވެ.

ސައުދީގެ ޓެކްސީ އަގުތަކަށް މި ބަދަލު ގެނައި ސަބަބެއް އެ ގައުމުން ސީދާ ހަމަކޮށްފައެއް ނުވެއެވެ. ނަމަވެސް ތެލުގެ އަގަށް އަންނަ ބަދަލާއެކު ބައެއް ގައުމުތަކުގައި ޓެކްސީގެ ދަތުރުތަކުގެ އަގު އަންނަނީ މަތިކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް