ރާއްޖޭގެ ފުރަތަމަ ފްލޯޓިން ސިޓީ އެޅުމުގެ މަޝްރޫޢު އިފްތިތާހުކޮށްފި

ރާއްޖޭގެ ފުރަތަމަ ފްލޯޓިން ސިޓީ އެޅުމުގެ މަޝްރޫޢު ސަރުކާރުން އިފްތިތާހުކޮށްފިއެވެ. މި ފްކޯޓިންގް ސިޓީ އަަޅަން ހަމަޖެހިފައި ވަނީ މާލެ ކައިރި ފަޅެއް ތަރައްގީކޮށްގެންނެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި އަ...

14 Mar 2021 | 18:26

ރާއްޖޭގެ ފުރަތަމަ ފްލޯޓިން ސިޓީ އެޅުމުގެ މަޝްރޫޢު ސަރުކާރުން އިފްތިތާހުކޮށްފިއެވެ. މި ފްކޯޓިންގް ސިޓީ އަަޅަން ހަމަޖެހިފައި ވަނީ މާލެ ކައިރި ފަޅެއް ތަރައްގީކޮށްގެންނެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ތައްޔާރު ވަމުންދާ މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. މި ސިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދާނީ 10 އަހަރަށް ބަހާލައިގެންނެވެ. މި ސިޓީ ތަރައްގީ ކުރާނީ 200 ހެކްޓަރުގެ ފަޅެއްގައި ފެނުމަތީގައި ހުންނަ ގޮތަށް ގެތައް ފަރުމާކޮށްގެންނެވެ.

ފްލޯޓިންގް ސިޓީގެ މަޝްރޫޢު އިފްތިތާހު ކުރުމުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އާިއ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މި މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް ކުންފުނީގެ ސީއީއޯ ޕައުލް އެހްޓީއެމް ވެން ޑަ ކޭމްޕްގެ ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ނެދަލޭންޑްސް ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށް ހަދާ މި ފްލޯޓިން ސިޓީއަކީ މާލެ އިން 10 މިނެޓުގެ ދަތުރެއް ކުރުމަށްފަހު އާދެވޭނެ ސިޓީއެކެވެ.

މި ފްލޯޓިން ސިޓީ ކައިރީގައި ދެ ރިސޯޓެއް ތަރައްގީ ކުރަންޖެހެއެވެ. އަދި ޔޮޓު މެރީނާއަކާއި ރެސްޓޯރަންޓުތައް ވެސް އެ ސަރަހައްދަށް ގެންނަން ހަމަޖެހިފައިވެއެވެ. އެ ރެސްޓޯރަންޓުތަކަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކެވެ. މި ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލް އާއި ސަރުކާރު އޮފީސްތައް ވެސް ހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް