ރާއްޖޭގައި ވެކްސިން ދިން އަދަދު ދެ ލައްކައިން މައްޗަށް

ކޮވިޑަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިން ދިން އަދަދު ދެ ލައްކައިން މައްޗަށް ގޮސްފިއެވެ. އެގޮތުން ރާއްޖޭގައި މިއަދު 7،908 މީހަކަށް ވެކްސިން ދީފައިވާއިރު، ޖުމްލަ އަދަދު މިވަނީ 206،114 އަށް އަރާފައެވެ....

14 Mar 2021 | 17:52

ކޮވިޑަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިން ދިން އަދަދު ދެ ލައްކައިން މައްޗަށް ގޮސްފިއެވެ.

އެގޮތުން ރާއްޖޭގައި މިއަދު 7،908 މީހަކަށް ވެކްސިން ދީފައިވާއިރު، ޖުމްލަ އަދަދު މިވަނީ 206،114 އަށް އަރާފައެވެ.

ރާއްޖޭގައި ވެކްސިން ދިން އަދަދު ދެ ލައްކައަށް އަރާފައިވާއިރު މިއަދު މާލެ ސަރަހައްދުގައި 4،941 މީހަކަށް އަދި މާލެ ނޫން ސަރަހައްދުތަކުގައި 2،967 މީހަކަށް ވެކްސިން ދީފައިވެއެވެ.

ޖުމްލަ އަދަދު 206،114 އަށް އަރާފައިވާއިރު މާލެ ސަރަހައްދުގައި ވެކްސިން ދީފައިވާ ޖުމްލަ އަދަދަކީ 116،636 އެވެ. މާލެ ނޫން ސަރަހައްދުތަކުގައި ޖުމްލަ އަދަދަކީ 89،478 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް