ކޮވިޑްގެ އަދަދު 100 އިން ދަށުގައި ދެވަނަ ދުވަސް، މިއަދު ޕޮޒިޓިވް އަދަދު 96

ކޮވިޑަށް އިތުރު 96 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ކޮވިޑަށް މިއަދު ރާއްޖެއިން 96 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 75 މީހަކު ޕޮޒިޓި...

14 Mar 2021 | 17:45

ކޮވިޑަށް އިތުރު 96 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ކޮވިޑަށް މިއަދު ރާއްޖެއިން 96 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 75 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ.

މާލެ ނޫން ސަރަހައްދުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 10 މީހެކެވެ. ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވަނީވެސް 10 މީހެކެވެ. އިންޑަސްޓްރިއަލް ރަށަކުންވެސް މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 21،572 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،406 އެވެ. އެޑްމިޓް ކޮށްގެން 125 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 64 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް