ނ. ޅޮހިން ކޮވިޑަށް އިތުރު ހަ މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 13 އަށް އަރައިފިއެވެ.
އެއް އާއިލާއަކަށް ނިސްބަތްވާ ހަތް މީހަކު ކުރިން ޕޮޒިޓިވް ވެފައިވާއިރު، ޑައިރެކްޓް ކޮންޓެކްޓުން ކަމަށް ބެލެވޭ މީހުންގެ ޓެސްޓް ހަދާ، ނަތީޖާ މިހާރު ލިބެމުން އަންނައިރު މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު އިތުރު ހަ މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
އަދި ބައެއް ޓެސްޓް ތަކުގެ ނަތީޖާ ނުލިބި ވާކަމަށްވެސް ކައުންސިލުން ބުނެއެވެ.
ކޮވިޑަށް އިތުރު ބަޔަކު ޅޮހިން ޕޮޒިޓިވް ވެފައިވާއިރު މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ ރަށް އޮތީ މޮނީޓަރިން ހާލަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް