ގަމުގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

ލ. ގަމުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ. މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ލ. ގަން މުކުރިމަގު އަވަށުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ...

14 Mar 2021 | 15:41

ލ. ގަމުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ލ. ގަން މުކުރިމަގު އަވަށުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެއީ 55 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 32 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ދެއަންހެނުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ. އަދި އެމީހާ މާލެ ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ލިބުނު އަނިޔާގެ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް