މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2021 މާރިޗް މަހުގެ 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް، ބ. ތުޅާދޫ، ހޭޒުލީން، އަލްފާޟިލް މުޙައްމަދު ފަޒީން ޢައްޔަން ކުރައްވފައެވެ.
ބްރޯޑްކޮމްއަށް ފަޒީން ހޮވާފައި ވަނީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރު ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަން ފެށުމުންނެވެ.
ބްރޯޑްކޮމް ގައި ތިއްބަވަނީ ޖުމްލަ ހަތް މެމްބަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް