ރާއްޖޭގައި 9 އަހަރުގެ އޯޓިޒަމް ކުއްޖެއް، އެއްވަނަ ދަރަޖައިގަ ޤުރުއާން ހިތުދަސްކޮށްފިއެވެ.
https://twitter.com/DrWaheedH/status/1371003837792677888
މުޙައްމަދު އަޝްހަމް އަލީ ވަނީ، ކީރިތި ޤުރުއާން ހިތުދަސް ތޯ ބެލުމަށްޓަކައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރި އިމްތިހާނުން ފާސްވެފައެވެ. އަދި އެ އިމްތިހާނުން އަޝްހަމް ވަނީ އެއް ވަނަ ދަރަޖަ ހާސިލުކޮށްފައެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައެޅި ކޮމިޓީއަކުން އަޝްހަމް އިމްތިހާން ކޮށްފައި ވަނީ 2020 ޑިސެމްބަރ 09 އިނ ް2021 ފެބްރުއަރީ 18 އަށެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ ކުރީގެ ރައީސް އަލްފާޟިލް މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އަޝްހަމް އަށް ތަހުނިޔާ ކިޔާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް