އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) ގެ ފުރަތަމަ ފަހަރަށް ބްރޭންޑް އެމްބެސެޑަރުން އައްޔަން ކޮށްފި އެވެ.
އެ ކުންފުނީގެ ޕްރޮޑަކްޓް ކަމަށްވާ "ތާޒާ" ފެން ރާއްޖެއަށް މާކެޓް ކުރުމާއި ޕްރޮޑަކްޓް ތަމްސީލު ކުރުމަށް އައި.ބީ.އެމް ގެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އައްޔަންކުރީ އަލްފާޟިލް އަލީ އަޝްފާޤު (ދަނގަޑޭ) އާއި އަލްފާޟިލާ ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ.
އައި.ބީ.އެމް ގެ ބްރޭންޑް އެމްބެސެޑަރުން ކުންފުނިން ބާއްވާ މާރކެޓިންގް އިވެންޓްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެ، އެ ބޭފުޅުންގެ އަމިއްލަ ސޯޝަލް މީޑިޔާ އެކައުންޓްރައް މެދުވެރިކޮށް "ތާޒާ" ބްރޭންޑް މުޅި ރާއްޖެއަށް މާކެޓް ކޮށްދިނުމާއި، ޕްރޮޑަކްޓްއާ ބެހޭ މުހިންމު މައުލޫމާތު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް