މަޝްހޫރު ފިލްމް ޑައިރެކްޓަރ ރޯހިތު ޝެޓީގެ އުފަން ދުވަހު ފޭނުންނަށް އުފާވެރި ހަބަރެއް

ރޯހިތު ޝެޓީގެ 48 ވަނަ އުފަން ދުވަހުގައި މިވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފައެވެ. އެގޮތުން އޭނާގެ ފިލްމް ސޫރިޔަވަންސީ އޭޕްރިލް 30 ގައި އަޅުވަން ނިންމާފައިވާ ކަމަށްބުނެފިއެވެ. މިކަން އިއުލާނ...

14 Mar 2021 | 07:16

ރޯހިތު ޝެޓީގެ 48 ވަނަ އުފަން ދުވަހުގައި މިވަނީ އޭނާގެ ފޭނުންނަށް އުފާވެރި ހަބަރެއް ދީފައެވެ. އެގޮތުން އޭނާގެ ފިލްމް ސޫރިޔަވަންސީ އޭޕްރިލް 30 ގައި އަޅުވަން ނިންމާފައިވާ ކަމަށްބުނެފިއެވެ.

މިކަން އިއުލާން ކޮށް ފިލްމްގެ ލީޑް ރޯލް އެކްޓަރު އަކްޝޭ ކުމާރުވެސް ޓްވީޓެއް ކޮށްފައި ވެއެވެ. އަކްޝޭ ކުރި ޓުވީޓްގައި ބުނެފައިވަނީ އިންތިޒާރަށް ނިމުން އަތުވެއްޖެކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މި ފިލްމް އާއްމުންނާއި ހަމައަށް ނުގެނެސްދެވި މި ވަނީ އަހަރަކަށް ވުރެން ގިނަ ދުވަސް ދެމިގެން ގޮސްފައެވެ. މިފިލްމް ގައި ހިމެނޭ އެކްޓަރުންގެ ތެރޭގައި އަކްޝޭ ކުމާރު، އަޖޭ ދޭވުގަން އަދި ކުޅަދާ އެކްޓަރ ރަންވީރު ސިންގް ހިމެނެއެވެ.

އަންހެން ފަންނާނެއްގެ ގޮތުގައި ފެނިގެން ދާނީ ކެޓްރީނާ ކައިފް އެވެ. ރޯހިތު ޝެޓީގެ ފިލްމު ތަކަކީ ބޮލީވްޑް ގައި ވަރަށް ކާމިޔާބުކަން ހޯދަމުން އަންނަ  ފިލްމް ތަކެއްކަން ފާހަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް