ވެކްސިން ޖެހުމުގައި ގައިދުރުކަމެއް ނެތި ކިއޫ ހަދަމުން ދާއިރު، މިކަމަށް ފުލުހުންނާއި އެޗްޕީއޭއިން މިކަމަށް ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ.
ވެކްސިންގެ ކިއޫގެ ވާހަކަ އަކީ މިހާރު އެންމެ ގިނައިން މީޑިއާތަކުގައި ވެސް އަދި އާންމުންގެ މެދުގައިވެސް ދެކެވޭ އެއް ވާހަކައެވެ. ވޭތުވެ ދިޔަ ދެތިން ދުވަހު ވެކްސިން ކިއޫ ދިގުވެ، ގައިދުރުކަން ނެތުމުގެ ވާހައަކީ މީސް މީޑިޔާގައި އަބަދުމެ ދެކެވޭ ވާހަކައެކެވެ.
އެޗްޕީއޭގެ ގައިޑްލައިންގައިއާ ޚިލާފުވާ ފަރާތްތަކުން ޖޫރިމަނާ ކުރަމުން ދެއެވެ. އެގޮތުން އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން، އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފުވުމުން 25 މީހަކު ހައްޔަރުކޮށްފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ އެ އެންމެން ވެސް ދޫކޮށްލާފައި ވަނީ، އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފު ވެފައިވާތީ، ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފުވުމުން 38 މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ވަނީ އެ މުޒާހަރާތަކަކީ އެޗްޕީއޭ ގައިޑްލައިނާ ހިލާފަށް ކުރާ މުޒާހަރާ ތަކަކަށްވާތީ އިންޒާރު ދިނުމަކައި ނުލާ ރޫޅާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މީގެ އިތުރުން އެސްޓާސްއިން އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފުވެފައި ވާތީ، އިއްޔެ ވަނީ އެސްޓާސް ބަންދުކޮށްފައެވެ.
އެޗްޕީއޭގެ ނޯޓިސްގައި ބުނެފައި ވަނީ 24 ގަޑިއިރު ފަހުން ފިހާރަ އިންސްޕެކްޓްކޮށް މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށްފަހު އުސޫލާ އެއްގޮތަށް ހިދުމަތް ކުރި އަށް ގެންދިއުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އެޗްޕީއޭއިން އަންގާފައި ވަނީ އެސްޓާސް އަލުން ހިދުމަތް ދިނުމަށްޓަކައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ތަނުގެ ކަންތައްތައް އިސްލާހު ކުރުމަށެވެ.
މި މަހުގެ12 ވަނަ ދުވަހު، އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފުވެފައި ވާތީ، ވ. އަންބަރާއިން 95 މީހަކު ޖޫރިމަނާކޮށްފައި ވެއެވެ.
ކަން މިހެން ހުރިއިރު، މާލޭގެ ވެކްސިން ސެންޓަރު ތަކުގައި ގައިދުރުކަމެއް ނެތި ސަފު ހަދާއިރު، މިހާތަނަށް އެކަމަށް ހައްލެއް ހޯދިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް