ރަމަޟާން މަހަކީ ގިނަ ހެޔޮ ކަންތައް ތަކެއް ދަސްކޮށްދޭ މައްސަރެއް

ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް ކުޑަތަން ވަނީއެވެ. ރަމަޟާން މަހާއި ބައްދަލުކުރުމަށް މަހަކާއި ގާތްވެފައިވާއިރު، މި މަސް އަޅުގަނޑުމެންނާއި ބައްދަލުކުރަނީ މުޖުތަމައުގެ ތެރޭގައި އުޅޭ ކިތަ...

14 Mar 2021 | 05:33

ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް ކުޑަތަން ވަނީއެވެ. ރަމަޟާން މަހާއި ބައްދަލުކުރުމަށް މަހަކާއި ގާތްވެފައިވާއިރު، މި މަސް އަޅުގަނޑުމެންނާއި ބައްދަލުކުރަނީ މުޖުތަމައުގެ ތެރޭގައި އުޅޭ ކިތަންމެ ދެރަ ނިކަމެތި މީހަކީވެސް އިންސާނެއްކަމަށް ދެކިގެން އޭނާއާއި ހެޔޮގޮތުގައި މުއާމަލާތުކުރަން ދަސްކުރުމާއެކު، ގޯނާނުކޮށް އޯގާތެރިކަމާއި ހަމްދަރުދީގެ އަތެއް ދިއްކޮއްލުން ފަދަ ކަންކަން ހަނދާކޮށްދޭ މަހެއްގެ ގޮތުގައެވެ.

އެގޮތުން، ﷲ ގެ ހަޟުރަތައް ކުއްތަންވެ، އިންސާނާއާއި، ﷲ ސުބުހާނަހޫ ވަތައާލާއާއި، ދެމެދު އޮން ގުޅުން ވަރުގަދަ ކުރުމާއި، ދުނިޔޭގައި އުޅޭ އިރު އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރުގަދަ ވުމަށް ރަމަޟާން މަސް ބާރުއަޅައެވެ.

ރަމަޟާން މަހަކީ ތަޤުވާގެ މައްސަރެއެވެ. ރަމަޟާން މަސް ބަދަހިކަމާއި ތަޤުވާގެ މައްސަރަކަށް ވެގެންދަނީ، ރޯދައިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ، އަޅުގަނޑުމެން އިންސާނުންގެ ހަމަހަމަކަން ކަމަށްވީއިރު، ކިތަންމެ ދެރަ ނިކަމެތި މީހަކީވެސް އިންސާނެއް ކަމަށް ދެކެން ޖެހޭކަމަށް ވުމުންނެވެ. ރަމަޟާން މަހަކީ، އަހަރުގެ ތެރެއިން އަންނަ އެންމެ ހުރުމަތްތެރިވެގެންވާ 4 މަހުގެ ތެރެއިންވެސް މަތިވެރިކުރައްވާފައިވާ މަހެކެވެ.

އެހެން ކަމުން އެމައްސަރުގައި އަހަރެމެންގެ އަމަލުތަށް ހުންނަވީ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ރޯދައަށްހުރެ ނުބައިކަންކަމުން ދުރުހެލިވެ ތިބެ ވީހާވެސް ގިނައިން ހެޔޮ ޢަމަލްތައް ކުރުންމަތީ ދެމިހުންނަން ޖެހެއެވެ. ގިނަ ގިނައިން ޤރުއާން ކިޔެވުމާއި ސަދަގާތްކުރުން ފަދަ ކަންކަން ގިނަ ކުރަން ޖެހޭނެއެވެ.

ރަމަޟާން މަހެއް ލިބުމަކީ ހެޔޮނަސީބަކަށް ނޫނީ ނުވާނެއެވެ. އެފަދަ މަހެއް ލިބުނީމަ އެ މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް