ޝަހީދުންގެ ދުވަސް: "އަޅުގަނޑުމެން ދިވެހި ތާރީޚަށް ފަޚުރުވެރިވާން ޖެހޭ"

އަޅުގަނޑުމެންގެ ތާރީޚާއި، ޘަޤާފަތާއި، އަމިއްލަވަންތަކަން އަދި އަމިއްލަގޮތް ދަސްކޮށް ދަމަހައްޓާ އޭގެމަތީގައި ސާބިތުވެ ތިބުމަކީ އަންނަން އޮތް ޖީލަށް ދިވެހިރާއްޖެ ގެންދިއުމަށް ކުރަން ޖެހޭނެ ކަމެއް ކަމަށް...

14 Mar 2021 | 04:32

އަޅުގަނޑުމެންގެ ތާރީޚާއި، ޘަޤާފަތާއި، އަމިއްލަވަންތަކަން އަދި އަމިއްލަގޮތް ދަސްކޮށް ދަމަހައްޓާ އޭގެމަތީގައި ސާބިތުވެ ތިބުމަކީ އަންނަން އޮތް ޖީލަށް ދިވެހިރާއްޖެ ގެންދިއުމަށް ކުރަން ޖެހޭނެ ކަމެއް ކަމަށް، ޝަހީދުންގެ ދުވަހ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިންރާން ޢަބްދުﷲ ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ދިވެހި ތާރީޚަށް ދިވެހިން ފަޚުރުވެރިވެ، ތާރީޚް ދަސްކުރަން ޖެހޭނެ ކަމަށެވެ.

" އެކަމުގެ އަޅުގަނޑުމެން ފަޚުރުވެރި ވާން ޖެހޭ. ދިވެހި ތާރީޚަށް ފަޚުރުވެރިވާން ޖެހޭ. ދިވެހި ތާރީޚު ދަސްކުރަން ޖެހޭ، ދިވެހި ތާރީޚުގެ މައްޗަށް އަޅުގަނޑުމެންގެ ކަންކަން ބިނާކުރަންޖެހޭ. އެއީ އަޅުގަނޑުމެންނަށް ތަރައްޤީއާއި ތަހުޒީބު އަންނައިރު، އަޅުގަނޑުމެން ކުރިއެރުން ގެންނައިރުވެސް އަޅުގަނޑުމެންގެ ތެރޭގައި ފިލައި ނުގޮސް ހުންނަންޖެހޭނެ ސިފަތަކަކީ އަޅުގަނޑުމެންގެ ދިވެހިވަންތަ ރީތި ސިފަތައް. މާތްވެގެންވާ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި، ރިވެތި އަޚްލާޤުގެ މަތީގައި އަޅުގަނޑުމެން ކުރިއަރައި ދާންޖެހޭ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޓޯކްޝޯ މިރޭ 21:00 ގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ޝޯގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލައްވާނީ، މިނިސްޓްރީ އޮފް ހާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ފަރާތުން އަޙުމަދު އަލާ (އަލާ ދީދީ) އާދި މުޙައްމަދު ނާޖިޙުއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ފަރާތުން ޢަބްދުﷲ ސަޢީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް