ރާއްޖޭގައި އެޗް1އެން1ގެ ނުރައްކާ ބޮޑުވެފައިވާއިރު އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ތެރެއިން މިހާރު ޗުއްޓީގައި ތިބި ހުރިހާ ޑޮކްޓަރުންގެ ޗުއްޓީތައް ކެންސަލްކޮށް ޑިއުޓީ އަށް ނެރެފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިގޮތަށް އައިޖީއެއެމް ހޮސްޕިޓަލުން މިގޮތަށް ނިންމާ، އިންޓާނަލް މެމޯއެއް ވަނީ ނެރެފަ އެވެ. އައިޖީއެމްއެޗުގެ ޑިރެކްޓަ އޮފް މެޑިކަލް ސާވިސަސް ޑރ. އަލީ ނަޒީމް ނެރުއްވި އިންޓާނަލް މެމޯއެއްގައި ބުނެފައިވަނީ ހުރިހާ ޑޮކްޓަރުން ވެސް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް ޑިއުޓީ އަށް ނުކުންނަން ޖެހޭނެ ކަމަށެވެ.
ވަކި ގޮތެއް އަންގަންދެން އޮފްގެ ގޮތުގައި ލިބޭނީ ހަފުތާއަކު އެއް ދުވަސްކަމަށާއި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ކަމަށް ވެސް މެމޯގައި ވާކަމުގައި މައުލޫމާތު ލިބެ އެވެ.
ރޯގާ އާއި ހުމަށް ފަރުވާ ހޯދާ މީހުން ގިނަވެ، އައިޖީއެމްއެޗުގައި ވަނީ ހުމަށް ފަރުވާ ދިނުމަށް ހާއްސަ ކުލިނިކެއް ވެސް ހުޅުވައިފަ އެވެ. އަދި ހަމަ މިފަދަ ކްލިނިކެއް މިއަދު ހުޅުމާލޭގައިވެސް ހުޅުވާފައި ވެ އެވެ. މި ހުން ފެތުރެމުން ދާއިރު، ސްވައިން ފްލޫ ވެސް ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް