ކުރާ ޕޯސްޓުތަކާއި ގުޅިގެން އިންޒާރު ދިނީމަ އަންނަނީ "ހިނި": ރާމް ގޯޕާލް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ މީހުންނަށް މަލާމާތް ކޮށް ކުރާ ޓްވީޓުތަކާއި ގުޅިގެން މީހުން އޭނާ ދެކެ ރުޅި އައިސް މަރުގެ އިންޒާރުދީ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާ ވަރަކަށް ...

14 Mar 2017 | 03:42

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ މީހުންނަށް މަލާމާތް ކޮށް ކުރާ ޓްވީޓުތަކާއި ގުޅިގެން މީހުން އޭނާ ދެކެ ރުޅި އައިސް މަރުގެ އިންޒާރުދީ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާ ވަރަކަށް އަންނަނީ "ހިނި" ކަމަށް އޭނާ ބުނެފި އެވެ.

ރާމް ގޯޕާލް ވަނީ މިފަހަކުން ކުރި ޓުވީޓުތަކެއްގައި ބޮލީވުޑްގެ ދެ ތަރިއަކާ ދިމާއަށް މަލާމާތް ކޮށްފައި އެވެ. އެގޮތުން ޓައިގާ ޝްރޮފް އަންހެން ދުޅާ ކަމަށް ބުނެފައިވާއިރު އަންހެނުންގެ ދުވަހުގެ ޓުވީޓުގައި ބުނެފައިނީ ހުރިހާ އަންހެނުންހެން ސަނީ ލިއޯންހާ ހިތްހެޔޮވާން ޖެހޭ ކަމަށެވެ.

ހާއްސަކޮށް ސަނީ ލިއޯންގެ ޓުވީޓާއި ގުޅިގެން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ވަނީ މުމްބާއީގެ އެކި ޕޮލިސް ސްޓޭޝަންތަކަށް ރާމް ގޯޕާލާއި ދެކޮޅަށް އަންހެނުންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ޕޯސްޓުތައް ކުރާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައި އެވެ.

މިކަމާ ގުޅިގެން ރާމް ގޯޕާލް ބުނީ އޭނާގެ ޓުވީޓާއި ގުޅިގެން ސަނީ ލިއޯން ރުޅި އައިސްގެން އެއްޗެއް ނުބުނާއިރު އެހެން މީހުންނަށް އެހާ ވަރު އަރައިގެން އުޅޭކަން ނުޖެހޭ ކަމަށެވެ. އޭނާ ބުނީ މައްސަލަ ހުށަހެޅި އެންމެންނަކީ މާ ގާނޫނީ ބަޔަކަށް ވެގެން އުޅޭއިރު އެގޮތަށް މަލާމާތުގެ ރާގަށް ބުނެލާ އެއްޗަކާއި ގުޅިގެން އިންޑިއާގެ ގާނޫނުތަކުން އޭނާ އާއި ދެކޮޅަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށެވެ.

މީގެ ކުރިން  ރާމް ގޯޕާލް ވަނީ އަމީތާބު ބައްޗަން އާއި ހިންދޫ ދީނުގެ އަޅުކަން ކުރާ ބުދަކާ ބެހޭ ގޮތުންވެސް ހަމަ އެފަދަ ގޮތަކަށް ޓުވީޓުތަކެއް ކޮށްފައި އެވެ. އޭގެ ތެރެއިން ހިންދޫ ބުދަށް މަލާމާތްކޮށް ލިޔުނު ޕޯސްޓާއި ގުޅިގެން އޭނާއަށް ވަނީ މަރުގެ އިންޒާރު ދީފައި އެވެ.

ރާމް ބުނީ އެފަހަރުވެސް ބިރު ނުގަންނަ ކަމަށާއި އެކަންވީ މަޖާ ކަމަކަށް ކަމަށެވެ. އިތުރަށް ބުނީ އިންޑިއާ ރައްޔިތުންނަކީ ލިޔެލާ ޕޯސްޓަކާ ގުޅިގެން މާ ކަންތައް ބޮޑުކޮށް ނުލާ މި ޒަމާނުގެ ބަޔަކަށް  ވާންވެއްޖެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް