ކްރިމިނަލް ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރުމަށް ރައީސް ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ކުރި ހުކުމަށް އިހުތިރާމް ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ. ރައީސް މިކަމަށް ގޮވާލެއްވީ މިރ...

14 Mar 2015 | 16:21

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން ކުރި ހުކުމަށް އިހުތިރާމް ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސް މިކަމަށް ގޮވާލެއްވީ މިރޭ ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް އޮންނާނެ ކަމަށާއި ނަމަވެސް އެ ފުރުސަތު ދެވޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގާނޫނު އަސާސީގައި ވާގޮތުގެ މަތިން ބާރުތައް ވަކިކޮށް ގާނޫނު އަސާސީ ނެގެހެއްޓުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް