މޫސާ އަލީ ޖަލީލަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ މޫސާ އަލީ ޖަލީލަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ. ރައްޔި...

14 Mar 2015 | 08:31

ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ މޫސާ އަލީ ޖަލީލަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މޫސާ އަލީ ޖަލީލަށް ރުހުން ދޭން ފެންނަ ކަމަށް ނިންމީ ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށެވެ.

މޫސާ އަލީ ޖަލީލަށް ރުހުން ދިނުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް އެޑްރެސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅެއްގައި ވަނީ މޫސާ އަލީ ޖަލީލް ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވާތީ ގާނޫނު އަސާސީގެ 129ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެމަނިކުފާނަށް ރުހުން ހޯއްދެއްވުމަށް ޓަކައި ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމަވާ ދެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް