ޗިލީގައި މީހަކު ބޮޑު މަހެއްގެ އަނގައިގެ ތެރެއަށް – ސަލާމަތް ނުވާނެ ކަމަށް ހީކުރި !

މިއީ މިދިޔަ ހޮނިހިރު ދުވަހު ޗިލީގެ ދެކުނު ސަރަހައްދުގެ ޕަޓަގޯނިއާ ރީޖަންގެ މޫދުގައި ހިނގި ހާދިސާއެކެވެ. އެޑްރިއަން ސިމަންކާސް އަދި އޭނާގެ ބައްޕަ އެ ސަރަހައްދުގެ މޫދުގައި ކަޔަކު ދުއްވަން އުޅުނު އިރު އެ...

14 Feb 2025 | 08:57

މިއީ މިދިޔަ ހޮނިހިރު ދުވަހު ޗިލީގެ ދެކުނު ސަރަހައްދުގެ ޕަޓަގޯނިއާ ރީޖަންގެ މޫދުގައި ހިނގި ހާދިސާއެކެވެ.

އެޑްރިއަން ސިމަންކާސް އަދި އޭނާގެ ބައްޕަ އެ ސަރަހައްދުގެ މޫދުގައި ކަޔަކު ދުއްވަން އުޅުނު އިރު އެޑްރިއަންގެ ބައްޕަ ވީޑިއޯ ކުރަމުންދިޔައީ އެޑްރިއަން ކަޔަކް ދުއްވާ މަންޒަރެވެ. އެ ވީޑިއޯއަށް އެރި މަންޒަރަކީ ވަރަށްވެސް އާދަޔާ ޚިލާފު މަންޒަރެކެވެ.

ކުއްލިއަކަށް ފެނުނީ ބޮޑުމަހެއް އޭގެ ބޮޑު އަނގައިގެ ތެރެއަށް އެޑްރިއަން ދަމާލި ތަނެވެ. އެހެން ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ދެން ފެނުނީ އެ ބޮޑު މަހުގެ އަނގައިން ބޭރަށް އެޑްރިއަން ދޫކޮށްލި ތަނެވެ.

ބޭރުގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން އެޑްރިއަން ބުނެފައިވަނީ އެވަގުތު ދަވަތަކެއްގެ ތެރޭގައި އުޅެވުނު ކަމުގެ އިހުސާސް ކުރެވުނު ކަމަށާއި އަދި ދެން ސަލާމަތް ނުވާނެ ކަމުގެ އިހްސާސްވެސް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެއީ އެ ބޮޑުމަސް ދިން މެސެޖެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ބުނެފައިވެއެވެ.

އަދިވެސް ކަޔަކް ދުއްވަން ދެބަފައިން ދާނަންތޯ އެހުމުން އެޑްރިއަން ބުނެފައިވަނީ ކަން ވީގޮތުން ކަޔަކް ދުއްވަން ދާ ހިތް އިތުރަށް ވާކަމަށެވެ.

https://www.youtube.com/watch?v=rzy8-3qp4so

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް