ރަސްފަންނާއި ސަލްޓަން ޕާކުގެ ޙާލަތު ފެނި ހިތާމަ ކުރަން: ރައީސް މުޢިއްޒު

ރަސްފަންނާއި ސަލްޓަންޕާކުގެ ޙާލަތު ފެނި ހިތާމަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ...

14 Feb 2025 | 06:59

ރަސްފަންނާއި ސަލްޓަންޕާކުގެ ޙާލަތު ފެނި ހިތާމަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރަން، ދެ ތަންވެސް ދަނީ ވީރާނާވަމުން" ރައީސް ވިދާޅުވެފައިވެއެވެ.

މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ފާހަގަކުރައްވަމުން ރައީށް ވިދާޅުވީ އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

ރަސްފަންނާއި ސަލްޓަން ޕާކުގެ ޙާލަތު ވަނީ މި ފަހަކަށް އައިސް ވަރަށް ގޯސްވެފައެވެ. ޙާއްޞަގޮތެއްގައި ސަލްޓަންޕާކުގެ ފެން އަރުވާ ވަޑާމުގެ ވަށައިގެން ވާ ސްޓްރަކްޗާ އެއްކޮށްހެން ހަލާކުވެ އެ ސްޓްރަކްޗާއަށް އެރުންވެސް މިހާރު މަނަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް