ހިޔާ ފްލެޓުތަކުގައި އިތުރު 32 ލިފްޓު ބެހެއްޓުމަށް ހަވާލުކޮށް މަޝްރޫއުގެ މަސައްކަތް ފަށައިފި

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރުމަށްޓަކައި، މި ކޯޕަރޭޝަނުން ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން މުޅި ޖުމްލަކޮށް 32 އާ ލ...

14 Feb 2024 | 15:45

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމްކުރުމަށްޓަކައި، މި ކޯޕަރޭޝަނުން ވަނީ ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން މުޅި ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެ ކަމަށާއި އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއްކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތް މިހަރު ފެށިފައި ވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެކަމުގައިވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނެފައިވާގޮތުގައި މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.

އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހަވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމުވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް