ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ވޯޓުފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުން އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ފޮށީގެ ގޮތުން ރަޖިސްޓްރީކޮށްފައިވާ 4652 މީހެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށެވެ.
އީސީން ބުނީ ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މާދަމާ ހަވީރު 4:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން އެހެން ވޯޓު ފޮއްޓަކަށް ރީރަޖިސްޓްރީވުމުގެ ފުރުސަތުވެސް އީސީން ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މާދަމާ ހަވީރު 4:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.
ވޯޓު ފޮށި ނުބަހައްޓާ ތަންތަނަކީ
ނ. މެދުފަރު އައިލެންޑް - ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)
ރ. މާމުނަގައު - އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)
ރ. ބޮޑުފުށި - ޖޯލި ބީންގް (ރ. ބޮޑުފުށި)
ބ. ފޮނިމަގޫދޫ - ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)
ބ. ކަނުފުށި - ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)
ޅ. ކުރެއްދޫ - ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)
ޅ. ކަނިފުށި - އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
ކ. އޮޅުވެލި - ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)
ކ. ކަނޑޫމާފުށި - ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)
ކ. ކަނުއޮތްހުރާ - ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)
ކ.ހެލެގެނލި - އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)
ކ. ލަންކަންފިނޮޅު - ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)
އދ. މޫފުށި - ކޮންސްޓެންސް މޫފުށި (އދ. މޫފުށި)
ދ. އޮޅުވެލި އެންޑް އެނބޫދޫފުށި - ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)
އދ. ދިއްދޫ ފިނޮޅު - ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް( އދ. ދިއްދޫ ފިނޮޅު)
ބ. މިލައިދޫ - މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )
އއ. ފެސްދޫ - ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ)
ހުޅުލެ - ހުޅުލެ-1
އިންޑިއާ – ޓްރިވެންޑްރަމް
ތައިލެންޑް – ބެންކޮކް
އިނގިރޭސިވިލާތް – ލަންޑަން
ޔޫއޭއީ – އަބޫދާބީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީން ނިންމި ތާރީހަކީ 17 މާޗް 2024 އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް