އަމީނީ މަގުގައި ތާރު އަޅަން ފަށައިފި އެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ހަވާލު ކުރީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އާއި އެކު އެވެ. އެ ކުންފުނިން ވަނީ އެއްބައިގަ ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި އެވެ.
އެމްޓީސީސީން މިރޭ ބުނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިޔަށް ދާ ކަމަށެވެ. އެގޮތުން، އަމީނީ މަގުގެ ސެގްމެން 1، 2، އަދި 3 ގައި ތާރު އަޅަން ފެށުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ސަބްގްރޭޑް އަދި ޢޭބީސީ ފަށަލް އެޅުމުގެ މަސައްކަތާއި، ޕްރައިމް ކޯޓް އެޅުމުގެ މަސައްކަތެވެ. އަދި، ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫޢުގެ ދަށުން، 2،511 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، އޭބީސީ އަދި ތާރު އެޅުމަސް ހަމަޖެހިފައިވެ އެވެ.
އެ މަގުގައި ތާރު އެޅުމުގެ މސައްކަތް އާރުޑީސީން އެމްޓީސީސީ އާއި ހަވާޅު ކުރީ އެ ކުންފުނިން ތާރު އެޅުމުގެ މަސައްކަތަށް ރާއްޖެ ގެނައި ސާމާނު މާލޭގައި ބަހައްޓާނެ ޖާގަ އަދި ހަމަ ނުޖެހޭތީ އެވެ. ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނީ އެ ޖާގަ ހަމަ ޖެހުމުން ބާކީ ބައިގަ ތާރު އަޅާނީ އެ ކުންފުނިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް