މަގާމުގެ ކުރިއެރުމާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން ހިސްކޮއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަޤާމަށް ‎ސ. ހިތަދޫ، ނަންރީތިގެ، މުޙައްމަދު ޙިސާން ޢަލީ ފަހްމީ (ހިސްކޮ) މިއަދު ޢައްޔަނ...

14 Feb 2023 | 13:29

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަޤާމަށް ‎ސ. ހިތަދޫ، ނަންރީތިގެ، މުޙައްމަދު ޙިސާން ޢަލީ ފަހްމީ (ހިސްކޮ) މިއަދު ޢައްޔަންކުރައްވައިފިއެވެ.

މުޙައްމަދު ޙިސާން ޢަލީ ފަހްމީ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަޤާމުން އެބޭފުޅާ މިއަދު ވަކިކުރެއްވުމަށްފަހުގައެވެ.

ޙިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މަރކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ މުޙައްމަދު ޙިސާން ޢަލީ ފަހްމީގެ ބެއްލެވުމުގެ ދަށުންނެވެ. މި މަގާމަކީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގެ މަގާމެކެވެ. މިއާއެކު ހިސާންގެ އާ މަގާމަކީ ސެކްރެޓެރީ، ކޮމިއުނިކޭޝަންސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް