އެމްބާޕޭ ފިޓް ވެއްޖެ، މިރޭ ބަޔާންއާއި ދެކޮޅަށް ކުޅޭނެ !

ޔޫއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ބުރުގެ ފުރަތަމަ ލެގުގައި މިރޭ ޖަރުމަނުގެ ބަޔާން މިޔުނިކާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ފިޓްވެފައިވާ ކަމަށް ޕީއެސްޖީން ހާމަކޮ...

14 Feb 2023 | 13:15

ޔޫއެފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ބުރުގެ ފުރަތަމަ ލެގުގައި މިރޭ ޖަރުމަނުގެ ބަޔާން މިޔުނިކާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ ފިޓްވެފައިވާ ކަމަށް ޕީއެސްޖީން ހާމަކޮށްފިއެވެ.

މިރޭ ބަޔާންއާއި ދެކޮޅަށް ޕީއެސްޖީ އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް އެމްބާޕޭ ފިޓްވެ ޓީމުގައި ހިމަނާފައިވާއިރު، މިރޭގެ މެޗުގައި އޭނާ ކުޅޭނެ ކަމަށް ވެސް ކުލަބުން ވަނީ ހާމަކޮށްފައެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން ތިން ހަފްތާއަށް ކުޅުމާއި ދުރައް ދާން ޖެހުނު އެމްބާޕޭ މިވަނީ ޕީއެސްޖީގެ މެޑިކަލް ޓީމުން އަންދާޒާކުރި މުއަދްތަށް ވުރެ ކުރިން ފިޓްވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފަފައެވެ.

މީގެ ކުރިން ޕީއެސްޖީގެ މެޑިކަލް ޓީމުން ބުނެފައިވަނީ އެމްބާޕޭގެ ފަޔަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި އެހެން ކަމުން މަދުވެގެން ތިން ހަފްތާގެ މުއްދަތަކަށް އެމްބާޕޭ ކުޅުމާއި ދުރުގައި ހުންނަށް ޖެހޭނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބަޔާން އާއި ދެކޮޅަށް އޭނާއަށް ނުކުޅެވޭނޭ ކަމަށަ ވެސް ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް މެޑިކަލް ޓީމުން އަންދާޒާކުރި މުއްދަތަށް ވުރެ އަވަހަށް އެމްބާޕޭ ކުޅުމުގެ ތެރެއަށް އެނބުރި އައުމަކީ އުފާކުރާކަމެއް ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ.

މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުނުގައި ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ގަލްޓިއޭ ބުނީ ކުރިން ލަފާކުރެވުނު މުއްދަތަށް ވުރެ އަވަހަށް އެމްބާޕޭ އެނބުރި ކުޅުމުގެ ތެރެއަށް އައުމަކީ ވަރަށް އުފާވާކަމެއް ކަމަށެވެ. އަދި މެސީ އާއި އެމްބާޕޭ އަނިޔާއިން އެނބުރި އައިސް ޓީމާއި ގުޅުމަކީ ލިބުނު ބޮޑު ހިތްވަރެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެމްބާޕޭ މިރޭގެ މެޗަށް ފިޓްވެ ޓީމުގައި ހިމެނުނު ނަމަވެސް މިރޭގެ މެޗުން އޭނާ ފަށާނީ ބެންޗުންނެވެ.

ބަޔާން އާއި ޕީއެސްޖީ ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް