ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި ގްރޫޕް މާރާމާރީއެއް ހިންގައިފި އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު މެންދުރު ފަހު3:30 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާއަށް ހަމަލާދީފައިވަނީ ތޫނު އެއްޗަކުން ކަމަށް ވިދާޅުވި އެވެ.
އަނިޔާވި މީހާއަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި އެވެ. އެކަމަކު ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.
އިއްޔެރޭވެސް މާލޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމް ކޮށްލި އެވެ. އަސްރަފީ މަގުގައި މެންދަމު ހިންގި މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް