ށ. ޅައިމަގު ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ އެވެ.
މިއީ އެމްޓީސީސީން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.
އެ ކުންފުނިން މައުލޫމާތުދޭގޮތުގައި ޅައިމަގު ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާ ހުންނާނެ އެވެ.
މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ޤާއިމުކުރި ތަނެކެވެ.
އެ ކުންފުނިން ވަނީ ހައި ސްޕީޑު ފެރީގެ ނިޒާމުން އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅު ގުޅާލާފައި އެވެ. އަދި ޅ. އަތޮޅުގައިވެސް ދަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ.
އެމްޓީސީސީން ބުނީ މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ އަތޮޅުތައްވެސް ފެރީގެ ނިޒާމުން ގުޅާލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް