އިނގިރޭސި ރާނީ ކަމިލާ މާ ބޮޑަށް ހުން އަންނާތި ޓެސްޓު ކުރި އިރު ކޯވިޑް ޖެހިފައި!

އިނގިރޭސިވިލާތުގައި ރާނީގެ ލަގަބު ދީފައިވަނީ ރަސްގެފާނު ޗާލްސް ތިނެއްގެ އަނބިކަނބަލުން ކަމިލާއަށް ކޯވިޑް ޖެހިފައިވާ ކަމަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ހާމަކޮށްފި އެވެ. ޝާހީ ގަނޑުވަރުން ނެރުނު...

14 Feb 2023 | 11:28

އިނގިރޭސިވިލާތުގައި ރާނީގެ ލަގަބު ދީފައިވަނީ ރަސްގެފާނު ޗާލްސް ތިނެއްގެ އަނބިކަނބަލުން ކަމިލާއަށް ކޯވިޑް ޖެހިފައިވާ ކަމަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްއިން ހާމަކޮށްފި އެވެ.

ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ބިޒީ ޝެޑިއުލްއެއްގައި އުޅުއްވަނިކޮށް ރާނީ ކަމިލާ ކުއްލިއަކަށް ހުންނަން ފެށިތާ ދެތިން ދުވަސްވެފައިވާ ކަމަށެވެ. އިތުރަށް ހާލަތު ގޯސްވާތީ އިއްޔެ ޓެސްޓު ކުރި އިރު ކޯވިޑަށް ޕޮސިޓިވްކަން އެނގިފައިވާ ކަމަށެވެ.

އެހެންވެ ކުރިޔަށް އޮތް ހަފްތާގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ހުރިހާ އިވެންޓެއް ކެންސަލް ކުރައްވާފައިވާ ކަމަށާއި އެކަމަށް އެ ބައްދަލުވުންތަކުގައި ބައިވެރިވާ މީހުންގެ ކިބައިން މައާފަށް އެދިވަޑައިގެންނަވާ ކަމަށެވެ.

އަދި އެކަމަނާއަށް ބައިވެރި ނުވެވޭތީ ކެންސަލް ކުރި ބައްދަލުވުންތަކުގައި ފަހުން ބައިވެރިވެވަޑައިގެންނަވާނެ ކަމަށް ހާމަކޮށްފައިވެ އެވެ.

ޝާހީ ގަނޑުވަރުން ބުނީ އެކަމަނާއަށް ކޯވިޑް ޖެހިފައިވަނޫ މޫސުމީ ރޯގާތައް މަދު މަދުން ޖެހެމުން ދަނިކޮށް ކަމަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައިވެސް ރާނީ ކަމިލާއަށް ކޯވިޑް ޖެހިފައިވެ އެވެ.

އަދި ކޯވިޑް ފެތުރެން ފެށި ފަހުން ރަސްގެންފާނު ޗާލްސްއަށްވެސް ދެތިން ފަހަރު ބަލި ޖެހިފައިވެ އެވެ. މީގެ އިތުރުން އަވަހާރަވި ރާނީ އެލިޒަބަތު ދޭކަށްވެސް ކޯވިޑް ޖެހިގެން ފަރުވާ ދީފައިވެ އެވެ.

އެކަމަކު ޝާހީ ގަނޑުވަރުން އޭރު އެ ފަރާތްތަަކަށް ބަލި ޖެހޭކަން ދިޔައީ ސިއްރު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް