ދިރާގުން "ސަޅި މަންތުލީ" ޕްލޭނާއެކު އިތުރު ޖީބީ!

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ 'ސަޅި މަންތުލީ' ޕްރޮމޯޝަނާއެކު އިތުރު ޖީބީ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. މި ޕްލޭނާއެކު ކަސްޓަމަރުންނަށް މިހާރު އެންމެ 495 ރުފިޔާއަށ...

14 Feb 2023 | 08:43

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ 'ސަޅި މަންތުލީ' ޕްރޮމޯޝަނާއެކު އިތުރު ޖީބީ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ޕްލޭނާއެކު ކަސްޓަމަރުންނަށް މިހާރު އެންމެ 495 ރުފިޔާއަށް 30 ދުވަހުގެ ނިޔަލަށް  ތިން ޖީބީ ޑެއިލީ ޑޭޓާ ނެގޭނެއެވެ.

މަހަކު ޖުމްލަ 90ޖީބީ ލިބޭ މި ޕްލޭން ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  ނުވަތަ 343 އަށް ‘S2GB30’ ޖަހާފައި އެސް.އެމް.އެސް ކުރުމުން ނެގޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

މި ޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު   ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް