ރިޔާސީ ޓިކެޓު ހަވާލު ކުރާ ޖަލްސާއިން އިދިކޮޅު ސިއްސައިގެން ދާނެ: ޝަރީފު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވާ ޖަލްސާވެގެން ދާނީ އިދިކޮޅު ފަރާތްތަކުން ސިއްސައިގެން ދާވަރުގެ ޖަލްސާއަކަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަ...

14 Feb 2023 | 07:29

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވާ ޖަލްސާވެގެން ދާނީ އިދިކޮޅު ފަރާތްތަކުން ސިއްސައިގެން ދާވަރުގެ ޖަލްސާއަކަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

މަވޯޓާ މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވާއިރު ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

މަވޯޓާ ވިދާޅުވީ ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް އެރުވުމަށް ބާއްވާ ޖަލްސާ ވެގެން ދާނީ އިދިކޮޅު ފަރާތްތައް ސިއްސައިގެން ދާވަރުގެ ޖަލްސާއެއް ކަމަށެވެ.

އަދި މި ޖަލްސާގައި 10 ވަރަކަށް ހާސް މީހުން ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެމްޑީޕީ އޮތީ ބަދަހިކޮށް ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީ އޮތީ ބަދަހިކޮށް ކަމަށް ޝަރީފް ވިދާޅުވެފައި ވާއިރު އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ކެނޑިޑޭޓް ރައީސް ޞާލިހާއި ވާދަކުރައްވާފައިވާ ކެނޑިޑޭޓް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އަދ ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ ފެކްޝަނަށް ތާއީދުކުރާ ފަރާތްތަކާއި އެކު ޕާޓީގައި ވަކި ހަރަކާތެއް ފުޅާ ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް